×

ކ.ތިލަފުށި ކަސްޓަމްސް

 

ސިނާޢީ މަސައްކަތް ކުރުމުގެ ގޮތުން ކ.ތިލަފުށީގައި ޤާއިމްކުރެވިފައިވާ ކާރުޚާނާތަކާއި ގުދަން ކުރުމަށް ކ.ތިލަފުއްޓަށް ގެންދެވޭ ހިލައާއި، ހިލަވެއްޔާއި، ސިމެންތިއާއި، ދަގަނޑާއި ދިވެހިރާއްޖެއަށް ފަސޭހަ ގޮތެއްގައި އެތެރެކުރުމުގެ ގޮތުން ކަސްޓަމްސްއިން ފޯރު ކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގެ ގޮތުން ކ.ތިލަފުށީގައި ކަސްޓަމްސްގެ އޮފީހެއް 1990 ވަނަ އަހަރު ކުރީކޮޅު ޤާއިމުކުރެވިފައިވެއެ. އަދި މިގޮތުން ތިލަފުށްޓަށް މުދާ އެތެރެކުރުމަށް ހެދިފައިވާ ޕްރައިވެޓް ބަނދަރުތަކުން ކަސްޓަމްސްގެ ޚިދުމަތް ދެވެއެވެ.